ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމުއިއްޔާ ލިޔުންތެރިންގެ ގުޅުމުގެ "ޅެންވެރިޔާ-2024" މުބާރާތުން ފަހުރުވެރި އެއްވަނަ ޢިއްޒަތު އަޙްމަދު ހާސިލުކޮށްފިއެވެ.

މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި "ޅެންވެރިޔާ-2024" ނަތީޖާ ފާޅުކޮށް އިނާމު ދިނުން ބޭއްވީ، މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހުކުރު ވިލޭރޭ މާޅޮހުގައި ބޭއްވި ޖަލްސާގައެވެ. ލިޔުންތެރިންގެ ގުޅުމާއި އއ. މާޅޮހު ކައުންސިލު ގުޅިގެން ކުރިއަށް ދިޔަ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އަދި ކުޅަދާނަ ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމެވެ.

މުބާރާތުގެ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ، ޖަލްސާގެ ޝަރަފުވެރި މެހުމާނު، އާދަމް ނަޞީރު އިބްރާހީމެވެ.

މުބާރާތުން 2 ވަނަ ހޯދައިފައި ވަނީ، ޖަމާލުއްދީން ސްކޫލުގެ ދަރިވަރު މ. ސަމޭދާން ޙައްވާ ޒާއިން ޒަމީލެވެ. މުބާރާތުން 2 ވަނަ ހޯދުމުން ޒާއިނަށް ވަނީ، 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ލިބިފައެވެ.

މުބާރާތުން 3 ވަނަ ހާސިލުކޮށް ކުރީ، ދ. މީދޫ، ފަޒާ، އިރުފާހު ޢަލީއެވެ. އިރުފާހަށް ވަނީ، 2000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ލިބިފައެވެ.

މުބާރާތުގެ އެހެން ވަނަތަކަކީ:

  • 6 ވަނަ - ށ. ކަނޑިތީމު/ ލަގަން؛ ޙަސަން ޒަރީރު
  • 8 ވަނަ - ހއ. ކެލާ/ ވެހި؛ އަޙްމަދު ވަޙީދު ޢަލީ
  • 10ވަނަ -، ބ. ދަރަވަންދޫ/ ރޭނިގޭ؛ މުޙައްމަދު ރިޒާ އާދަމް