ހިންދީ ސީރިއަލްތަކުންނާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ އެކްޓްރެސް ހީނާ ޚާން ދެވަނަ ފަހަރަށް އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނެފައިވަނީ ކީރިތި ރަސޫލާގެ ބިމަށް ދާން ބޭނުންވެފައި ހުރި ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު އަންހެނުންނަށް ވަގުތީ ގޮތުން ބަންދު ކުރެވިފައިވާ ކަމަށެވެ.

ކަން އެހެން އޮތަސް އޭނާ މާތް ﷲގެ ހަޟްރަތަށް ދުއާ ކުރި ކަމަށާއި އެކަލާނގެ ރަހްމަތްފުޅުން މަދީނާގެ މަސްޖިދުލް ނަބަވީގެ ދޮރުކޮޅުތައް ފަސް މިނެޓު ވަންދެން އަންހެނުންނަށް ހުޅުވާލި ކަމަށް ވެސް ހީނާ ބުންޏެވެ. ހީނާ އިތުރަށް ބުނެފައިވަނީ ކީރިތި ރަސޫލާގެ މިސްކިތުގައި ހިތް ފުރެންދެން އޭނާ ރުއި ކަމަށާއި އެކަމުން ހިތަށް ލުއި ލިބުނު ކަމަށެވެ.

ހީނާ މަޝްހޫރު ވެފައިވަނީ ސްޓާ ޕުލަސްއިން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ"ގެ ފުރަތަމަ ސީޒަންގައި އޭނާ ދައްކުވައިދިން އަކްޝަރާގެ ރޯލުންނެވެ.