ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ލީޑު ރޯލުން ފެންނާނެ ފިލްމު "އާޓިކަލް 370″ގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.
ޔާމީ އަސްކަރީ އެޖެންޓެއްގެ ރޯލްއިން ޔަމީ ފެނިގެންދާ މިފިލްމްގައި އޭނާގެ ރޯލު ވަރަށް ވަރުގަދަކޮން ދައްކައިދޭނެއެވެ. މި ފިލްމް އަކީ ވަރުގަދަ ޕޮލިޓިކަލް ޑްރާމާއެކެވެ.
މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހަށެވެ. ޔަމީގެ އިތުރުން މި ފިލްމްއިން މުހިންމު ރޯލަކުން ޕްރިޔަމަނީ ވެސް ފެނިގެންދާނެވެ. މި ފިލްމް ގެ މަންޒަރުތަށް ނަގައިފައިވަނީ ކަޝްމީރާއި ނިއު ދިއްލީގައިއެވެ.
ޔާމީ އާއި ވިކީ ކޯޝަލް ކުޅެ، ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރުގެ އަދިތިޔާ ދާރްއާ ކައިވެނިކޮށްގެން އުޅޭ ޔާމީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "އޯއެމްޖީ 2″ އިންނެވެ.