މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯ އިން އެކްސްގައި ވިދާޅުވެފައިވަނީ، މާލެއިން ކަރަންޓް ހިދުމަތް މެދު ކެނޑިފައިވަނީ ސްޓެލްކޯގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.

އަދި އޭގެ ސަބަބުން، މާފަންނުގެ ޖަވާހިރުމަގުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މީގެއިތުރުން އެ ކުންފުނިން ވަނީނވަގުތީ ކޭބަލެއް އަޅައި އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށާ އޭގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.