ނަޕޯލީ ބަލިކޮށް އަށްވަނަ ފަހަރަށް އިންޓާރ މިލާނުން ސުޕާރ ކޮޕާ އިޓާލިއާނާ ރޭ ކާމިޔާބު ކޮށްފިއެވެ.

ނަޕޯލީ އާއި އިންޓާރ މިލާނުން ބައްދަލުކުރި މެޗު އިންޓާރ އިން ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ހަމަ އެކަނި ގޯލު ޖަހާފައިވަނީ އިންޓާރ މިލާނުގެ ސްޓްރައިކަރ ލައުޓާރޯ މާޓިނޭޒެވެ. މާޓީނޭޒް މި ގޯލް ޖަހާފައި ވަނީ މެޗުގެ ނުވަދިހަ މިނެޓް ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ.

މިއީ އިންޓާރ މިލާނުން އެޓީމުގެ ތާރީހުގައި ސުޕާރ ކޮޕާ ހިއްލާލި އަށްވަނަ ފަހަރެވެ. މި މޮޅާއި އެކު އިންޓާރ މިލާނުން މި ވަނީ ޖެހިޖެހިގެން ތިން އަހަރު ސުޕާރ ކޮޕާ ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އިންޓާރ މިލާނަކީ ދެވަނައަށް އެންމެ ގިނައިން ސުޕާރ ކޮޕާ ކާމިޔާބު ކޮށްފައިވާ ޓީމެވެ. އެންމެ ގިނައިން ސުޕާރ ކޮޕާ ކާމިޔާބު ކޮށްފައިވަނީ ޔުވެންޓަސްއެވެ.

އިންޓާރ މިލާނުން ދެން ނިކުަންނާނީ ލީގުގައި ފިއޮރެންޓީނާއާ ދެ ކޮޅަށެވެ. މި މެޗުން ބަލިވި ނަޕޯލީ ދެން ކުޅޭނީ 28 ޖެނުވަރީ އަށްވާ އާދީއްތަ ދުވަހު ލާޒިއޯއާއި ދެކޮޅަށެވެ.