އިޒްރޭލުންގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި 24 ގަޑިއިރު ތެރޭގައި ޣައްޒާގައި 200 މީހަކު ޝަހީދު ވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުގެ އަނިޔާވެރި ޒަޔަނިސްޓު ސިފައިން ދަނީ ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދެމުންނެވެ. މިގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 200 މީހުން ޝަހީދުކޮށް، 350 އަށް ވުރެގިނަ މީހުން ވަނީ ޒަހަމް ކޮށްލާފައެވެ. މިގޮތުން ޣައްޒާގެ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ރެފިއުޖީ ކޭންޕް ތަކަށް ވެސް އިޒްރޭލުން ދަނީ ބޮން އަޅަަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23،210 އަށް ވަނީ އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 59،167 މީހުންނެވެ.