އިންޑޯ-ޕެސިފިކް އެންޑީވަރ 2023 ގެ ކޮމާންޑަރ، އެއަރ ކޮމޮޑޯރ އެންތަނީ މެކްކޯރމެކް، އެމްއެންޑީއެފް ހެޑްކުއޯޓަރޒްއަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.
އިންޑޯ-ޕެސިފިކް އެންޑީވަރ 2023 ގެ ކޮމާންޑަރ، އެއަރ ކޮމޮޑޯރ އެންތަނީ މެކްކޯރމެކް، އެމްއެންޑީއެފް ހެޑްކުއޯޓަރޒްއަށް ކުރެއްވި ޒިޔާރަތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއާ ވަނީ ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އަސްކަރިއްޔާއާ ދެމެދު އޮންނަ ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދިފާޢީ ދާއިރާއިން އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
އަދި މި ވަފުދުން، އެމްއެންޑީއެފްގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި އެމްއެންޑީއެފްގެ އޮފިސަރުންނާއެކު އިންޓަރެކްޓިވް ސެޝަނެއް ބާއްވާފައިވެއެވެ. މި ސެޝަންގައި ދެ ފަރާތުގެ ހިޔާލާއި ތަޖުރިބާ ވަނީ ބަދަލުކޮށްފައެވެ.
ހަމައެއާއކުމި ޒިޔާރަތުގައި އެމްއެންޑީއެފްގެ މަތީ ފަންތީގެ އޮފިސަރުންނާއެކު ބައްދަލުވުންތައް ބާއްވާފައިވާއިރު، އެ ބައްދަލުވުންތަކުގައި، ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި، އެމްއެންޑީއެފްގެ ކެޕޭސިޓީ ބިލްޑިންގ ހަރުދަނާ ކުރުމުގައި އޮސްޓްރޭލިއާ އަސްކަރިއްޔާއިން އެހީތެރިވެދޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.