ޗައިނާގެ ސީޕީސީގެ ވައިސް މިނިސްޓަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ފުރާވަޑައިގެންފިއެވެ.

ހާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރ ސަން ހައިޔާން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަދުވަހުއެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި ރައީސް ޑރ މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބާއްވައިފައިވެއެވެ.. އެގޮތުން އެމަނިކުފާނުގެ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރި 20 އެއްބަސްވުން އަވަހަށް ތަންފީޒުކުރެއްވުމާއި ގުޅޭގޮތުން ވަސް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރ މޫސާ ޒަމީރާއެކު ބައްދަލުކުރައްވައި، ސަން ހައިޔާން ވަނީ ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި އެކަމަނާގެދަތުރުފުޅަކީ ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.