މޮންގޯލިއާގައި 60 ޓަނުގު ލިކުއިފައިޑް ގޭސް ކޮންޓެއިނަރެެއް ގޮވައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާގައި 6 މީހުން މަރުވެ 11 މީހުން ވަނީ ޒަހަމްވެފައެވެ. މަރުވި 6 މީހުންގެ ތެރޭގައި މޮންގޯލިއާގެ 3 ފަޔަރ ފައިޓަރުން ހިމެނެއެވެ. މި އަލިފާނުގެ ހާދިސާގައި ގިނަ އަދަދު ތަކެއްގެ އިމާރަތްތަށް ވަނީ އަނދާފައެވެ. އަދި އެ ސަރައްހަދުގައި ތިބި ކާރުތަކަކަށް ވެސް މި ހާދިސާގައި ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވެއެވެ.

މޮންގޯލިއާގެ އެމާރޖެންސީ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި، އަލިފާން ކޮންޓްރޯލު ކުރުމުގައި 600 ފަޔަރ ފައިޓަރުން ހަރަކާތްތެރި ވިއެވެ. އަދި 100 އަލިފާން ނިއްވާ އުޅަނދު ބޭނުން ކޮށްފައިވެއެވެ.