ސިޑްނީގެ ހުޅަނގު ދެކުނުގެ ކެމްޑަން އެއާޕޯޓް ކައިރީގައި ކުޑަ މަތިންދާ ބޯޓެއް ވެއްޓި އުމުރުން 16 އަހަރުގެ ޕައިލެޓަކު މަރުވެއްޖެ އެވެ.

އެންއެސްޑަބްލިއު ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު އަށް މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 3.15 ހާއިރު ބްރައުންލޯ ހިލްގައި ބޯޓު އެތާ ހުރި ދަނޑުތަކަކަށް ވެއްޓިގެންނެވެ. އެ ފިރިހެން ކުއްޖާއަކީ އެ މަތިންދާބޯޓުގައި ހަމައެކަނި ދަތުރުކުރަމުން ދިޔަ މީހާ އެވެ.

ހަތަރު މީހުންގެ ޖާގައިގެ މި މަތިންދާބޯޓަކީ ކެމްޑަން އެއާޕޯޓުން ދެންމެ އުދުހިގެން ދިޔަ ލޯކަލް ފްލައިން ސްކޫލެއްގެ ސެސްނާ 172 މަތިންދާބޯޓެއް ކަމަށް ބެލެވެ އެވެ. މި މަތިންދާ ބޯޓު ވެއްޓުނީ ޓީން ޕައިލެޓް ސާކިއުޓް ޓްރެއިނިން ހަދަމުން ދަނިކޮށް ކަމެއް ގޯސްވެގެންނެވެ.

ބޯޓު 1500 ފޫޓުގައި އުދުހެމުން ދިޔައިރު އުދުހިތާ އެންމެ ތިން މިނެޓް ފަހުން ޖައްސަން އެދުނެވެ. އެ އެދުމަކީ ބޯޓު ވެއްޓުމުގެ ކުރިން ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ކަމަށް ނައިން ނިއުސް އިން ބުނެ އެވެ.

މި ބޯޓު ވަނީ މީގެ ކުރިން ބުދަ ދުވަހުގެ ކާމިޔާބު ދެ ދަތުރެއް ކޮށް، ކެސްލް ހިލް އާއި ހަމައަށް ދަތުރުކޮށްފަ އެވެ.

.