ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯއަށް ދިމާވި އިންޖަރީއެއްގެ ސަބަބުން އަލްނަސްރުން ޗައިނާގައި ބާއްވަން ތާވަލު ކުރި ޓުއާ ފަސްކޮށްފިއެވެ.

މިއަހަރުގެ ވިންޓާ ޓުއާގެ ގޮތުގައި ޗައިނާގައި ބާއްވަން ހަމަޖެއްސި ޓުއާ ފަސްކުރިކަމަށް އެންގީ އެ ޓުއާގެ އޯގަނައިޒަރުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ޓުއާ ފަސްކުރަން ޖެހުނީ ޓީމުގެ ސުޕާ ސްޓާ ކޮރިސްޓީއާނޯ ރޮނަލްޑޯއަށް ދިމާވި އިންޖަރީއަކާ ގުޅިގެން ޗައިނާގައި ކުޅޭ ދެ މެޗުގައި ވެސް ބައިވެރިވެވެން ނެތުމުން ކަމަށް އިވެންޓުގެ އޯގަނައިޒަރުން ވަނީ ހާމަކޮށްފައެވެ.

ޓުއާ ފަސްކުރަން ޖެހުމުން ރޮނަލްޑޯ ވަނީ އޭނާގެ ފޭންސްގެ ކިބައިން މާފަށް އެދިފައެވެ. "އަހަރެން ބޭނުން ހުރިހާ ޗައިނީސް ފޭނުންގެ ކިބައިން މާފަށް އެދެން. ފުޓުބޯޅައިގައި އަހަރެންގެ ބާރުގައި ނެތް ކަންކަން ހުރޭ. ޗައިނާއަކީ އަހަރެންގެ ދެވަނަ ގެ. އަދި އެނބުރި އަންނާނަން" ޓުއާ އާ ބެހޭގޮތުން ވާހަކަދައްކަމުން ރޮނަލްޑޯ ބުންޏެވެ.

ޓުއާ ފަސްކުރުމުން މެޗު ބަލަން ދަތުރު ކުރި ފޭނުން ވަނީ އަލްނަސްރުގެ ޓީމު ހޮޓަލަށް ވަދެ މުޒާހަރާ ކޮށްފައެވެ.