ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން މިއަދު ކިނބުލެއް ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި، ކިބޫ ފެނުނީ ރިސޯޓުގެ ފުއްޓަރު ފަރާތު ގޮނޑުދޮށުންނެވެ. އޭގެފަހުން ކިނބޫ ފެންނަން ނެތުމާއެކު އޭތި ހޯދުމުގެ މަސައްކަތް ރިސޯޓު މުވައްޒަފުން ދަނީ ކުރަމުންނެވެ.

މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި މިކިނބުލުގައި 5 ފޫޓު ހުންނާނެ ކަމަށް ބެލެވެއެވެ. މިހާރު އެމްއެންޑީއެފަށް މިމައުލޫމާތު ހިއްސާކޮށްފި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކިނބޫ އޮތީ ތިލަ ދިޔައިގައި، ގައިތައް މަތީގައެވެ.