ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން އަތުގެ އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން އޭނާގެ ގެއަށް އެނބުރި އައިސްފި އެވެ.

ސައިފްގެ އުޅަބޮށީގެ މިއޮޕަރޭޝަނަކީ ވަރަށް ކުރިންލިބިފައިވާ އަނިޔާއަަކަށް ކުރި އޮޕަރޭޝަނެއްކަމަށް މީޑިޔާ ހަބަރުތައް ހާމަކޮށްފައިވާއިރު މިއީ މާބޮޑު އޮޕަރޭޝަނެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

މި ސާޖަރީއާ ގުޅޭގޮތުން މީގެ ކުރިން ސައިފްވެސް ވަނީ އެއީ މާ ބޮޑު ކަމެއް ނޫން ކަމަށާއި 24 ގަޑިއިރު ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، ކުޑަ އޮޕަރޭޝަނެއް ކަމަށް ފަރުވާކުޑަކޮށް އަޅާނުލައި ހުރިނަމަ އޭނާގެ އަތް ބުރިކޮށްލަން ޖެހުނީސް ކަމަށް ވެސް ސައިފް ބުނެފައިވެ އެވެ.

ސައިފްގެ އޮޕަރޭޝަން ކޮށްފައިވަނީ މުމްބާއީގެ ކޮކިލާބެން ދިރުބައި އަމްބާނީ ހޮސްޕިޓަލުގަ އެވެ. މިއީ ބޮލީވުޑްގެ ގިނަ ތަރިން ހިދުމަތް ހޯދާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ.

އޮޕަރޭޝަނަށްފަހު ސައިފް އޭނާގެ އަންހެނުން ކަރީނާއާއެކު ގެއަށް އައިއިރު އަތުގައި ވަނީ "އާމް ސްލިންގް"އެއް އަޅާފައެވެ. ސައިފް ވަނީ ގޭގެ ބޭރުން މީޑިއާއާ ސަލާމް ކޮށްފަ އެވެ.