ދ.އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރ ކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ކިނބިލުގެ ދިގު މިނުގައި 9 ފޫޓް ހުރިކަމަށެވެ.

ކިނބުލަކީ ރާއްޖޭގައި ދިރިއުޅޭ އެއްޗަށް ނުވިޔަސް އިރުވައިގެ އޮޔާއިއެކު އަވައްޓެރި ޤައުމުތަކުގެ އައްސޭރިފަށުން ބެެހިގެން އަންނަ ކިނބޫ ދޭތެރެ ދޭތެރެއިން ރާއްޖޭގެ ސަރަހައްދުން ފެނެއެވެ.