ރަޝިޔާ، އީރާން އަދި ތުރުކީއިން ޣައްޒާގައި ހިންގަމުން ދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައިފިއެވެ.

ސީރިއާއާ ބެހޭ 21 ވަނަ ބައިނަލްއަގްވާމީ އަސްތާނާ ބައްދަލުވުމުގައި ރަޝިޔާ، އީރާން އަދި ތުރުކީން ފާސްކުރި ޖޮއިންޓް ޑިކްލެރޭޝަނެއްގައި ި ތިން ގައުމުން ވަނީ ޣައްޒާގެ އިންސާނީ ހާލަތާމެދު ބޮޑެތި ކަންބޮޑުވުނންތަކެއް ފާޅުކޮށްފައެވެ.

މި ޑިކްލެރޭޝަންގައި ތިން ގައުމުން ވަނީ އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަށް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން 2023 އަހަރު އދ ގެ ޖެނެރަލްް އެސެންބްލީއިން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ނެރުނު ރެސޮލިއުޝަން ތަންފީޒު ކުރުމަށް ވެސް މި ތިން ގައުމުން ވަނީ ގޮވާލާފައެވެ. އަދި ހުރިހާ ގައުމަކުން ވެސް ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެ ގައުމުތަކުގެ ވާޖިބުތަށް އަދާ ކުރަންޖެހޭނެ ކަމަށް ވެސް މި ޑެކްލެރޭޝަންގައު ވެއެވެ.

އަދި ފަލަސްތީނާއި އިސްރާއީލުގެ ހަމަނުޖެހުން ބޮޑުވުމުން ސީރިއާގެ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ވެސް މި ޑެކްލެރޭޝަންގައި ފާހަގަ ކޮށްފައިވެއެވެ.