ތައިވާނަށް ދުވަހަކު ވެސް މިނިވަންކަން ހާސިލު ނުކުރެވޭނޭ ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވޫ ގިއަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ. އޭގެއިތުރުން ތައިވާނަކީ ދުވަހަކުވެސް މިނިވަން ސްޓޭޓެއްގޮތުގައި ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ތައިވާން ދުވަހަކުވެސް ވަކި ގައުމަކަށް ނުވާނެ، ތައިވާނަށް ދުވަހަކުވެސް މިނިވަން ކަމެއް ހާސިލް ނުކުރެވޭނެ، ބޭރުގައުމުތަކުން ޗައިނާ ބައިބައި ކުރުމަށްޓަކައި ރާވާ ރޭވުންތައް ކާމިޔާބެއް ނުވާނެ،" ވޫ ގިއަންގް ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ ޗައިނާގެ "މަދާލޭންޑް" ގައުމު އެއްބައިވަންތަ ކުރުމަށްޓަކައި ތައިވާން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ.