ނިއުޒިލެންޑްްގައި 10 އަހަރުގެ އަންހެން ކުއްޖެއް ގެންބިގެން މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ އާއިލާއަކަށް ނިސްބަތްވާ މި އަންހެން ކުއްޖާ ނިއުޒިލޭންޑަށް ދިޔައީ ޗުއްޓީ ހޭދަކުރުމަށެވެ. އެ ކުއްޖާ މަރުވީ ނިއުޒިލޭންގެ ޓުއަރިސްޓުން ޒިޔާރަތްކުރާ ސަރަހައްދެއްގައި އޮތް އޮއިގަދަ ކޯރަކަށް ވެއްޓި ގެނބިގެންނެވެ. ނިސައުތުލޭންޑް އޭރިއާގެ ކޮމާންޑަރު އިންސްޕެކްޓަރު މައިކް ބައުމަން ވިދާޅުވީ އެ އަންހެން ކުއްޖާ ސަލާމަތް ކުރުމަށް މަތިންދާ ބޯޓެއްގައި ޑޮކްޓަރަކު އެތަނަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެކުއްޖާ ސަލާމަތް ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ.

އެކުއްޖާ ކޯރަށް ވެއްޓުމުން އެކުއްޖާ ހޯދުމަށް އެހީވެދިން ހުރިހާ އާންމުންނަށް ބައުމަން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މިލްފޯޑް ސައުންޑާ ގާތްގަނޑަކަށް 35 ކިލޯމީޓަރު (22 މޭލު) ދުރުގައި އޮންނަ މި ކޯރު އޮތީ ނިއުޒީލެންޑްގެ އަލްޕައިން ސަރަހައްދުގެ ފިއޯޑްލެންޑް ނޭޝަނަލް ޕާކުގެ ބައެއްގައެވެ.