ދ. އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން އިއްޔެ ހިފި ކިނބޫ ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ކިނބޫ ދޫކޮށްލާފައިވަނީ އޮޔާ ވައި ހުރި ގޮތް ބެލުމަށްފަހު ރާއްޖެއަށް އޭތި އަނބުރާ އައުމުގެ ފުރުސަތު ކުޑަވާގޮތަށް، ބޭރު ކަނޑަށްކަމަށެވެ.

ދިގުމިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ހަވީރު 4:08 ހާއިރުއެވެ.

މީގެކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނިފައިވެއެވެ. ނަމަވެސް އެއިން އެއްޗެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.