ވެސްޓު ބޭންކުގައި 6،200 އަށްވުރެގިނަ ފަލަސތީނުގެ ރައްޔިތުން އިޒްރޭލުން ހައްޔަރު ކޮށްފިއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުންގެ ސިފައިން ދަނީ ވެސްޓު ބޭންކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ހައްޔަރު ކުރަމުންނެވެ. މިގޮތުން މިހާތަނަށް 6،225 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފަލަސްތީނުގެ ކޮމިޝަން އޮފް ޑިޓެއިނީސް އެފެއާޒް އާއި ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީގެ ރިޕޯޓުން ދައްކައެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި 210 އަންހެނުންނާއި 355 ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުގެ ޒަޔަނިސްޓުން ގެ ހަމަލާތަކުގައި ޣައްޒާގެ ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 25،000 އަށް އަރާފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު މިހާރު 70،000 އާ ގާތް ކޮށްފިއެވެ.