މިސީޒަން ނިމުމުން ލިވަޕޫލުގެ ކޯޗުކަމުގެ މަގާމުން ވަކިވާން ޔާގަން ކްލޮޕު ނިންމައިފިއެވެ.

2015 ވަނަ އަހަރު ލިވަޕޫލުގެ ކޯޗުކަމުގެ މަގާމާ ހަވާލުވި ކްލޮޕު, މި ސީޒަން ނިމުމުން މަގާމާ ދުރުވާނެ ކަމަށް ހާމަ ކުރީ ލިވަޕޫލުގެ އޮފިޝަލް ވެބްސައިޓަށް ދިން އިންޓަވިއު އެއްގައެވެ.

" އަހަންނަށް އެނގޭ އަހަރެން މަގާމުން ދުރުވާން ނިންމީމަ ވަރަށް ގިނަ މީހުން ހައިރާންވާނެ ކަން. ލިވަޕޫލަކީ އަހަރެންގެ ހިތުގައި ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ ކްލަބެއް. ނަމަވެސް އަހަންނަށް މިމަގާމުގައި އަބަދު ހުރެވޭކަށް ނެތް" ލިވަޕޫލުގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ވާހަކަދައްކަމުން ކްލޮޕު ބުންޏެވެ.

ކްލޮޕު ވަނީ ލިވަޕޫލަށް ކޯޗުކަން ކޮށްދިން އަށް އަހަރު ތެރޭގައި އެޓީމަށް ހަތް ތަށި ކާމިޔާބު ކޮށްދީފައެވެ.

ކްލޮޕު މަގާމާ ވަކިވުމުން ދެން ލިވަޕޫލުގެ ކޯޗުގެ މަގާމަށް އައްޔަނު ކުރާނީ ކާކު ކަމެއް އެޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ.