މާފަންނު މަދަރުސާގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް މިއަދު ޒިޔާރަތްކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ދަރިވަރުން ބައިވެރިވި މި ޒިޔާރަތުގައި، ލައިފް ޖެކެޓު އަޅާނެ ގޮތާއި، އޮންބޯޑު ފަޔަރ އިކުއިޕްމަންޓުތަކާ ގުޅޭގޮތުން މައުލޫމާތު ވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި، މާފަންނު މަދަރުސާގެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޣާޒީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.

މާފަންނު މަދަރުސާގެ 49 ދަރިވަރުން މި ޒިޔާރަތުގައި ބައިވެރިވިއެވެ.