ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ގެނެސްފައިވާ ވެކްސިން ޖެހުން ފެށުމަށް ބޭއްވި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އިތުރު ބާވަތްތަކުގެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭގެތެރޭގައި ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ފައިޒާ ވެކްސިންއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އިތުބާރު ލިބިފައިވާ ވެކްސިނެކެވެ.