އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ކެމެރޫންއާ ބައްދަލު ކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ކުއާޓާ ފައިނަލްގެ ޖާގަ ނައިޖީރިއާއިން ކަށަވަރުކޮށްފިއެވެ.

މެޗު ފެށިގެން ނައިޖީރިއާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި, ކެމެރޫންގެ ގޯލަށް ނުރައްކާ ކޮށް, ގޯލެއް ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި އުމަރު ގޮންޒާލޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނައިޖީރިއާ އިން ވަނީ ލިީޑު ނަގާފައެވެ. މި ގޯލު ކާމިޔާބު ކުރީ ނައިޖީރިއާގެ ޒުވާން ފޯވާޑް އަޑެމޮލާ ލުކްމޭންއެވެ. ލުކްމޭން ވަނީ 90 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ކުއާޓާގެ ޖާގަ ނައިޖީރިއާ އަށް ކަށަވަރު ކޮށްދީފައެވެ.

މެޗުން ބަލިވުމުން ހަވަނަ ފަހަރަށް އެފްކޮންގެ ތަށި އުފުއްލާލުމުގެ އުއްމީދުގައި މެޗަށް ނިކުތް ކެމަރޫނަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

ނައިޖީރިއާއިން މި ނެރުނު ނަތީޖާއާއެކު ކުއާޓާ ފައިނަލުގައި ނިކުންނާނީ އަންގޯލާއާ ދެކޮޅަށެވެ.