ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިނުމާ ގުޅިގެން ފަރުވާ ދޭން ފަށައިފިއެވެ.

ޝަމީމަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ފުލުހުން މައުލޫމާތުދެމުން ބުނީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ހެނދުނު މާލޭ މަގުމަތިން ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

"ހަމަލާދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

މިއަށްވުރެ އިތުރަށް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ޝަމީމް ގެ ހާލު މިހާރު ރަނގަޅުކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެނގިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ޝަމީމްގެ އަތަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.