ނައުރޫގެ މިނިވަންދުވަހުގެ މުނާސަބަތުއި އެޤައުމުގެ ރައީސް ޑޭވިޑް ރަނިބޮކް އެޑިއެންގ، އެމް.ޕީ. އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌އެމަނިކުފާނު އަމިއްލަ ނަންފުޅުގައި، ނައުރޫގެ ސަރުކާރަށާއި ރައްޔިތުންނަށް އެގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ނައުރޫގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގަންނަވައި، ނައުރޫގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.