އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިއަހަރުގެ މާރިޗު 5 ވަނަ ދުވަހު ނައްތާލާފައި ވަނީ 105 ފުޅި ބަނގުރަލާއި 57 ދަޅު ބިޔަރު ކަމަށެވެ.

އަދި މި ތަކެއްޗަކީ މި ދިޔައަހަރު އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެކި މައްސަލަތަކުގައި ހިންނަވަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއި، ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.