ދިވެހި މަަސްދޯންޏަަކަށް އިންޑިޔާގެ އަސްކަރިއްޔާ ސިފައިން އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ އަސްކަރިއްޔާއިން އަރާފައިވަނީ އދ. މަހިބަދޫ "އަސުރުމާ 3" ދޯންޏަށެވެ.

އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފުން ބަލަމުންގެންދާ ކަމަށެވެ.

އަދި އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.