މޫނަކީ އެންމެ ގިނައިން އަތް ހޭކޭ އެއްތަނެވެ. އެންމެ ފަސޭހައިން ހަޑިވާނީވެސް މޫނެވެ. އަދި އެއްވެސް ޝައްކެއް ނެތް ގޮތަށް ރީތިވުމަށް އެންމެ ގިނަ ހަރަދު ހިނގާނީވެސް މޫނަށެވެ.

އެކިތަފާތު މޫނު ދޮންނަ ސާމާނުތަކާއި ސެރަމްތައް، ޓޯނަރ، މޮއިސްޗަރައިޒަރތައް، ނައިޓް ކްރީމް، މޯނިންގ ކްރީމް، ނޫން ކްރީމް، ސަންކްރީމް، އެންޓިއޭޖިން ކްރީމް، އެންޓިބެކްޓީރިއަލް، އެންޓިފަންގަލް، އެކްނޭ ކްރީމް މިހެން ގޮސް ނަންހުސްކޮށް އެކި ކްރީމްތަކުން ޑްރެސިންޓޭބަލްއާއި ފާހާނާ ފުރާލާފައި އޮތަސް ވާކަމެއް ހަމަ ނެތްތާއެވެ. މޫނުގައި ހަމަ ބިިހި ނަގާވަރަކަށް ބިހި ނަގަނީއެވެ. ހަންގަނޑު ކުރަކިވެ ރޫވެސް ޖެހެނީއެވެ. އަޅެ ފަހެ މިވަނީ ކީއްހެއްޔެވެ.

ރީތި އޮމާން މޫނަކަށް ނޭދޭނެ އެކަކުވެސް ނުހުންނާނެއެވެ، އެހެންނަމަވެސް މޫނު ރީތިކުރުމަށް ތި އުގުޅާހާ ކްރީމްތަކާއި ސެރަމްތަކުން މޫނުގެ ހަންގަނޑުވަރުބަލިވެ ނިކަމެތިވާކަން ހަމަނޭނގެނީބާވައެވެ.

މޫނު ތެޔޮވެ ބިހިނެގުމުގައި އެންމެ ބޮޑު މައްސަލައެއް ދިމާވަނީ އަތުގެ ޒަރީއާއިން ހޭކޭ ހިރަފުހާއި ކުންޏާއި މިލަ ފަދަތަކެތިން މޫނުގެ ހަންގަނޑު ހަލާކުވަމުން ދިއުމެވެ. އެނޫނީ އަބަދު ހަންގަނޑަށް ނޭވާލާންވެސް ފުރުސަތު ނުދީ ތިހާކާ އޭތިމީތި ކްރީމްތަކުގެ ގަދަފަދަ ކެމިމަލްތަކުގެ ނަތީޖާއެވެ.

އެހެންކަމުން ވީހާވެސް ގިނައިން ގުދުރަަތީ ބާވަތްތަކުން މޫނު ސާފުކޮށް ބެލެހެއްޓޭތޯ ބަލާށެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ސާފުފެނުން މޫނު ދޮވެ، ތާހިރުކޮށް ސާފުކޮށް ބެހެއްޓުމުން މޫނުގެ އުޖާލާކަން އިތުރުވެ ނަލަވެގެންދާނެއެވެ.

(މައުލޫމާތު:ބިއުޓީހެލްތު)