މާދަމާ މެންދުރު ލިއުމިއާގެ އާ ފިހާރަ "ލިއުމިއާ ކަލެކްޝަން" ހުޅުވާއިރު، ފުރަތަމަ ދިހަ ކަސްޓަމަރުންނަށް ވަރަށްވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެއެވެ.
މިއީ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ބްރޭންޑްތަކުގެ ސާމާނުތަކުން ތަނަވަސްވެފައިވާ ހިތްހަމަޖެހޭ މާހައުލަކުން، އެއްފަހަރާ އެއްތަނަކުން އެއްވަގުތަކު ބޭނުންވާ ސާމާނު ހޯއްދެވުމަށް އެންމެ ރަނގަޅު ފިހާރަކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ރަމަޟާންމަހަށް ބަދިގެ ސާމާނު އާކޮށްލުމުގެ ވަގުތު ކުޑަތަންވެފައި އޮތްއިރު އިތުރަށް ދުރުވިސްނުމަކަށް ދިޔުމުގެ ބޭނުމެއް ނެތް ފަދައއަކުން ލިއުމިއާގެ މި އާ ފިހާރަ މިވަނީ އެކަން ނުހަނު ބޮޑަށް ފަސޭހަ ކޮށްދީފައެވެ. އެހެނީ ރޯދަމަހަށް ހާއްސަ ގިނަ އުފެއްދުންތައް ހާއްސައަގުތަކުގައި ލިބެން ހުންނާނެތީއެވެ. ކުރިއަށް މި އޮތީ އަހަރުގެ ހާއްސަ ރަމަޟާން މަސް ކަމަށްވާއިރު ގެއަށް ބޭނުންވާ ސާމާނާއި ބަދިގެއަށް ހާއްސަ ސާމާނު ހޯދުމަށް އެކި ދިމަދިމާއަށް ދިއުމުގެ ބަދަލުގައި އެއްތަނަކުން ހުރިހާ ސާމާނެއް ލިބެން ހުރުމަކީ ހެޔޮނަސީބުކަން ޔަގީނެވެ. "ލިއުމިއާ ކަލެކްޝަން" މިހުޅުވެނީ ހުރިހާ ގޮތަކުންވެސް ވަގުތު ސަލާމަތް ކުރެވޭނެ މަގުފަހިކޮށްދީގެންނެވެ.
ކުރިއަށް މި އޮތް ރޯދަމަހަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި އެންމެ އިތުބާރު ހިފޭ ބްރޭންޑަކުން ހޯއްދެވުމަށް މި ފުރުސަތުގެ ބޭނުން ކޮށްލަމާތޯއެވެ. ރޯދައަށް އާކޮށްލަން ތެލިތަށިސެޓް، ތަވާ، ފެންކައްކާ ޖަގު، ރައިސްކުކަރ ފަދަ ސާމާނު އެންމެ އިތުބާރު ހިފޭ ބްރޭންޑްތަކުން ލިބެން ހުންނާނެއެވެ. ބަދިގޭގެ މާހައުލު ހިތްހަމަޖެހޭ ގޮތަކަށް ޒީނަތްތެރިކޮށްލުމަށް ޖީޕާސް ބްރޭންޑްފަދަ ޔަގީން ވައްތަރުތަކުގެ ސާމާނުތައް ހޯއްދެވުމަށް އަވަހަށް ވަޑައިގަންނަވާށެވެ.
އެންމެ ހާއްސަ އެއްކަމަކަށް ފާހަގަކޮށްލަން ބޭނުންވަނީ މިފިހާރައިން، ހިތްހަމަޖެހޭ އަރާމުފޮތިން ތައްޔާރުކޮށްފައިވާ އެނދުގެ މިލަފޭއްޔާއި ކުއިލްޓް އަދި ބާލީހު އުރަފަދަ އެނދާގުޅޭ ސާމާނު ލިބެން ހުރިކަމެވެ. މިއީ ލިއުމިއާގެ ހާއްސަ ބެޑިން ސާމާނުތަކެވެ.
ކުޑަކުދިންގެ ސާމާނު ހޯއްދެވުމަށްވެސް ދުރަށް ދާކަށް ނުޖެހޭނެއެވެ. ބޭބީ ފެންވަރުވާ ބާތުޓަބުން ފެށިގެން ގޮސް ނިންދަވާ ސާމާނާ ހަމައަށް އަތްފޯރާފަށުގައި ހުރި އަގުތަކުން ލިބެން ހުންނާނެއެވެ.
ދެންވެސް މިއޮތީ ހަމައެހާ ހާއްސަ ކަމެކެވެ. މި ފިހާރައިން އެކި ތަފާތު މުނާސަބާތަކަށް ހާއްސަ ހަދިޔާ ޕެކްތައް ލިބެން ހުންނާނެކަމެވެ. ތިމާގެ ގާތް މީހުންގެ ހިތްހަމަޖައްސާލައި ގުޅުން ރަނގަޅު ކުރުމަށް، ވިޔަފާރިކޮށްލަން މިއީ ހަމަ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މިހުރިހާ ސާމާނަކާއެކު މާދަމާ މެންދުރު ދޭއްް ޖަހާއިރު ލިއުމިއާ ކަލެކްޝަން ހުޅުވާއިރު، ވިޔަފާރި ކުރައްވާ ފުރަތަމަ 10 ކަސްޓަމަރުންނަށް ނުހަނު ހާއްސަ ހަދިޔާއެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުންވެސް މާދަމާ ކޮންމެ ވަގުތަކު ވިޔަސް ލިއުމިޔާ ކަލެކްޝަން އިން ވިޔަފާރި ކުރައްވާ ކޮންމެ ކަަސްޓަމަރަކަށް ހަދިޔާއެއް ލިބިގެންދާނެއެވެ.