ހަންގަނޑަށް ރަނގަޅަށް ފަރުވާ ދިނުމުގައި ފަށަންވީ ކޮން ހިސާބަކުން ކިހިނެއްކަން ދެނެގަތުން ފަސޭހަނޫނެވެ. ހަމުގެ މައްސަލަތަކަކީ ނާޒުކު މައްސަލަތަކަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ގައިގެ ހަންގަގަނޑާއިމޫނުގައި ކެމިކަލް ހާކައިގެން ގުދުރަތުން ދެއްވި ޗާލުކަން ނަގައިނުލާށެވެ،
ގައިގެ ހަމާ ގުޅޭ، އެއަށް އެންމެ ރަނގަޅު ވައްތަރެއްގެ ފަރުވާ ހޯދުމަށް ބަލާލާއިރު ވިސްނައި ދެނެގަންނަން ޖެހޭ އެތައް ކަމެއް ހުރެއެވެ. ހަގީގަތުގައިވެސް ރީތިވެޒީނަތްތެރިވުމުގެ ކޮންމެ ދަތުރެއްގައި ވެސް އެންމެ ގޮންޖެހުން ބޮޑު އެއް ބަޔަކީ ހަންގަނޑަށް އެހީވެދޭ މާއްދާތައް ހޯދުމެވެ. ސަބަބަކީ އެ ބާވަތެއް ބޭނުން ކުރަން ފެށުމުން ފުރަތަމަ ދެތިން ހަފްތާ މީހާ ސިހިގެންދާހާ ފުރިހަމަ ރީތި ބަދަލުތަކެއް މޫނާއި ގައިގެ ހަމަށް ވެސް އައުމެވެ. ނުހަނު އަގުބޮޑު ބާވަތްތައް، އޭގައި ބުނެފައި އޮތް ގޮތަށް މަސައްކަތް ކުރީތީ އުފާވެ ފޮނި ކަނޑާލަން ލިބެނީ ވަރަށް ކުޑަވަގުތުކޮޅެކެވެ.
ދެން ކުއްލިއަކަށް އެއްދުވަހު ހެނދުނު ހޭލާއިރު މުޅި މީހާ ހަރާބުވެފައި ހުއްޓާ ފެނިދާނެއެވެ. މޫނާއި ގައިގެ ހަންގަނޑު އަނދައި ބިހި ނަގައި، ކުދި ރޫ ގިނަވެ، ކުރިއަށްވުރެ މީހާގެ ހާލަތު ދެރަވެ ސިފަވެސް މުޅިން ހުތުރުކޮށްލައެވެ. ދެން އަނެއްކާވެސް މިހާލަތުން އަރައިގަންނަން ތެޅިފޮޅެން ޖެހެއެވެ.
އެހެން އެދިމާވަނީ އަމިއްލަ އަށް ވިސްްނާނުލެވޭތީއެވެ. ގައިގެ ހަންގަނގާއި މޫނަށް ފަރުވާތެރިވާ ގޮތަށް "ކޮންމެވެސް ބިއުޓީ ޕްރޮޑަކްޓެއް ފެނުނީމާ އޭގެ ބޭރުގައި ލިޔެފައި ހުންނަ މޮޅު ލިޔުންކޮޅަަށް މާބޮޑަށް އިތުބާރު ކުރެވޭތީއެވެ. އެއްފަހަރުވެސް އެއީ އެކަށީގެންވާ ވަރުގެ ކަމެއްތޯވެސް ވިސްނާނުލެވެއެވެ.
ބާޒާރަށް ނުކުންނަ ރީތިވާ ސާމާނަކީ އަގުވެސް އެހާ ބޮޑެތި ސާމާނު ގަނެގެން ބޭނުން ކުރުމުގެ ކުރިން ވިސްނާލުން މުހިންމެވެ. ގައިގެ ހަމަށް ގުދުރަތީ ވަސީލުތައް ބޭނުން ކުރުމަށްވުރެ ފައިދާ ބޮޑު ނަތީޖާ ރަނގަޅު އެހެން ގޮތެއް ނޯންނާނެއެެވެ.
(މައުލޫމާތު: ބިއުޓީޓިޕްސް)