ޣައްޒާގައި 1،7 މިލިޔަނަށް ވުރެގިނަ ރައްޔިތުން ފެނަށް ޖެހިފައިވާ ކަމަށް އދ ގެ ކޯޑިނޭޝަން ފޮރ ހިއުމަނެޓޭރިއަން އެފެއާރސް (އޯސީއެޗޗްއޭ) އިން ރިޕޯޓުކޮށްފިއެވެ.

މި ރިޕޯޓުގައި ވާގޮތުން ޣައްޒާގެ އާބާދީގެ 75 އިންސައްތަ މީހުން ވަނީ ފެނާއި ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައެވެ. މީގެއިތުރުން މިދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ޟީހުންގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ވެސް އެ އިދާރާއިން ރިޕޯޓުކުރެއެވެ. އަދި އިޒްެރޭލުގެ ސިފައިން ޣައްޒާގެ ސިއްހީފަރުވާދޭ ހޮސްޕިޓަލުތަކާއި އިމަރާތްތައް ފުޑުފުޑުކޮށްލާފައި ވުމުގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުންނަށް ލިބެންޖެހޭ ފަރުވާ ނުލިބޭ ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ. މީގެ ތަންކޮޅެއް ކުރިން ފަލަސްތީނުގެ ފޮރިން މިނިސްޓަރ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޣައްޒާގައި ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން 9000 އަށް ވުރެގިނނަ މީހުން ޝަހީދު ވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 27،000 އަށް ވަނީ އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 66،287 މީހުންނެވެ.