އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި 22،000 އަށް ވުރެގިނަ އިމާރާތް ޣައްޒާގައި ބިމާހަމަވެއްޖެއެވެ.

ޔުނޮސެޓް އިން ހެދި ދިރާސާއެެއްގައި ހާމަކުރި ގޮތުން މިދިޔަ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރުގައި އެއްކުރި ތަސްވީރުތަކާ އަޅާކިޔައި، '22،131 ސްޓްރަކްޗަރ ހަލާކުވެފައިވާ ކަމަށް ދެނެގަނެވުނެވެ. އަދި މީގެއިތުރުން 14،066 ސްޓްރަކްޗަރ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ބެލެއެވެ. އަދި މި ދިރާސައިގައި 32،950 ސްޓްރަކްޗަރއަށް ކުދި ގެއްލުން ލިބިފައިވެއެވެ. ޖުމްލަ 69،147 ސްޓްރަކްޗަރަކަށް އަސަރުކޮށްފައިވާއިރު، މިއީ ޣައްޒާގެ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް %30 އާ އެއްވަރުގެ އަދަދެކެވެ.

ޣައްޒާ އާއި ޚާން ޔޫނިސް ސަރަހައްދުގައި 10،280 އަދި 11،894 ސްޓްރަކްޗަރ އަށް އަލަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ތަޖުރިބާކާރުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 93،800 'ހައުސިން ޔުނިޓް' އަށް ގެއްލުން ލިބިފައިވެ އެވެ.