ސީރިއާގެ އިރުމަތީ ސަރަހައްދުގައި އީރާނަށް ތާއީދުކުރާ މިލިޝިއާތަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 13 މީހުން މަރުވެފައިވާ ކަމަށް އަލް ހަދަސް ޓީވީން ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާއިން ވަނީ ސީރިއާއަށް ހަތަރު ސިލްސިލާ ވައިގެ ހަމަލާތަކެއް ދީފަ އެވެ. ބޮން ގޮއްވާލައިފައިވަނީ ސީރިއާގެ މަޔާދީން ސަރަހައްދައި އިރާގުގެ ބޯޑަރު ކައިރީގައި އޮންނަ އަބޫ ކަމާލް ޓައުންގެ އިރުމަތީގައި ހުރި ފެސިލިޓީތަކެވެ.

އެމެރިކާއިން ވަނީ އިރާގުގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ތަންތަނަށް ވެސް ހަމަލާދީ ބޯޑަރު ޓައުން އަލްޤައިމް ކައިރީގައި ހުންނަ ތަންތަނަށް ހަމަލާދީފައެވެ.