އެމްޑީޕީން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު އާއި އޭނާގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ޖާބިރު ކަށަވަރުކުރައްވައިފިއެވެ.
އެމަނިކުފާނުގެ ދަރިކަލުން އަހުމަދު މުއާޒު އަބްދުﷲ ޖާބިރު ލިބިވަޑައިގަތީ މަހިބަދޫ ދާއިރާގެ ޓިކެޓެވެ. އެ ޕާޓީގެ ޕްރައިމަރީގެ ނަތިއްޖާއިން މިހާރުވެސް ދައްކާގޮތުން ޖާބިރު ވަނީ ޕްރައިމަރީ ކާމިޔާބުކުރައްވާފައެވެ.
މިއަދު ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ޓިކެޓު ކަށަވަރު ކުރެއްވި މެމްބަރުން ތެރޭގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމާއި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނު ހިމެނެއެވެ.
އަދި މި ބޭފުޅުންގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކަށަވަރު ކުރައްވާފައެވެ. އަލީ ވަހީދަކީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާ ތަމްސީލުކުރެއްވި ބޭފުޅެކެވެ.
ޕްރައިމެރީގައިގައި ފޭދޫ އުތުރު ދާއިރާއަށް ވާދަލުކޮށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވަނީ ނާކާމިޔާބުވެފައެވެ.