ސްޓެލްކޯގެ ކްލީނިން ޑޭ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނީ މި ހަރަކާތްތައް ގްރޭޓާމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުންގެންދާ 30 ރަށެއްގައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

އަދި މިއީ މިކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މަސައްކަތުގެ މާހައުލަކީ ސާފުތާހިރު މާހައުލަކަށް ހެދުމުގެ މަގުސަދުގައި ގެންދިޔަ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން އެ ކުންފުނިން ވަނީ ކުންފުނީގެ ހުރިހާ އޮފީހަކާއި ޕަވާ ހައުސްއެއްގައި ސާފުކުރުމުގެ ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ސްޓެލްކޯގެ ކްލީނިން ޑޭ އަކީ ކޮންމެ އަހަރަކުވެސް އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތެކެވެ.