ވިލިމާލޭގެ އިންޖީނުގެއަށް ބައެއް އިތުރުކޮށް، 1.6 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ބެހެއްޓުމުގެ މަސައްކަތްތައް ދަނީ ކުރެވެމުދާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

މީގެއިތުރުން އެކުންފުނިން ބުނީ މިއީ މި އަހަރުގެ ހޫނު މުސުމަށް ތައްޔާރުވުމުގެ ގޮތުންނާއި، މެދު ކެނޑުމެއްނެތި ކަރަންޓުގެ ހިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް ޔަގީން ކޮށްދިނުމުގެ ގޮތުން ކުރަމުންދާ ކަމެއްކަމަށެވެ.