މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ އެއްވަނަ އިނާމަކަށް އެއްލައްކަ ރުފިޔާ ލިބޭ ރޯދަ ޕްރޮމޯޝަން "ފަސްމީރު މާމީރު" ފަށައިފިއެވެ.

"ފަސްމީރު މާމީރު" ޕްރޮމޯޝަން ރޭ ލޯންޗުކޮށްފައިވާ މި ޕްރޮމޯޝަނުގައި -/200 ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެެވެ.

ކުރިއަށް މި އޮތް އޭޕްރީލް މަހު 16 ގެ ނިޔަލަށް ކުރިޔަށް ގެންދާ "ފަސްމީރު މާމީރު" ޕްރޮމޯޝަންގައި، މާލެ އާއި ހުޅުމާލޭގެ އިތުރުން މިފްކޯގެ ސެންޓަރުތަކުގައި ހުންނަ މަސްފިހާރަތަކުން ވިޔަފާރި ކުރައްވައިގެން ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަންގެ މުއްދަތު ހަމަވަމުން ތިން ނަސީބުވެރިން ހޮވުމަށް ވަނީ ނިންމާފައެވެ.

  • އެއްވަނަ އިނާމަކީ އެއްލައްކަ ރުފިޔާކަމަށް ވީއިރު، ދެވަނައަށް ދާ ނަސީބުވެރިޔާއަށް ދިނުމަށް ނިންމާފައި ވަނީ -/50،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

  • ތިންވަނައަށް ދާ ނަސީބުވެރިޔާއަށް ދިނުމަށް ނިންމާފައި ވަނީ -/25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ރޯދަ ޕްރޮމޯޝަންގައި، މިފްކޯއިން ކޮންމެއަހަރަކުވެސް ހުށަހަޅަމުން އަންނަނީ ފައިސާގެ ބޮޑެތި އިނާމުތަކެކެވެ. މިފްކޯމަސްފިހާރައަކީ ދިވެހިންގެ ނުވަދިހަ ނުވައިން ސަައްތައިގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނެކެވެ.