ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ އިން ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރަމަޒާން ބާޒާރު" ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރިލް 11ގެ ނިޔަލަށެވެ.

އެސްޓީއޯގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމް، އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް އަދި އަމީނީ މަގު، ނިޕޯން ޝޯރޫމްގެ އިތުރުން ލ. ފޮނަދޫގެ އެސްޓީއޯ ފިހާރައިގަވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އަދި ހަމައެހެންމެ އެސްޓީއޯ "ރަމަޒާން ބާޒާރު"ން ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނޭ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ. މިކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގޭނީ ރޯދަ މަސް ނިމުމުންނެވެ.

އެސްޓީއޯ ޕްރޮމޯޝަންގެ އިނާމުތަކުުގެ ތެރެއިން އެންމެ ހާއްސަކޮށް ފާހަގަކޮށްލެވެނީ އެއް ވަނައިނާމެވެ.

މި ލަކީޑްރޯއިން އެއްވަނައަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާރ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެއެވެ. މީގެ އިތުރުން އިތުރު 6 ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ބައްލަވައިގަނެވޭނެއެވެ. މިގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެންގެވިދާނެއެވެ.

ނިޕޯން ޕެއިންޓް އަކީ ސިންގަޕޫރްގެ ނަންބަރު ވަން ޕެއިންޓް ބްރޭންޑްކަމަށްވާއިރު، ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރަޒައިޑް ޑިސްޓްރިބިއުޓަރ އަކީ އެސްޓީއޯ އެވެ.