ހަތަރު އަހަރު ތެރޭގައި އެމެރިކާގެ މެކްޑޮނާލްޑްސްއަށް ފުރަތަމަ ކުއާޓަރުގައި ސޭލްސް އަމާޒު ގެއްލުނު ސަބަބެއްގެ ގޮތުގައި އެކުންފުނިން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ފާހަގަކޮށްފި އެވެ.

މެކްޑޮނަލްޑްސްގެ ސީއީއޯ ކްރިސް ކެމްޕްޗިންސްކީ ހޯމަ ދުވަހު ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރި ކަމަށެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޤައުމުތަކުގައި އެކުންފުނީގެ ސޭލްސްވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިގޮތުން ކްރިސް ވަނީ މެލޭޝިޔާ އަދި އިންޑޮނޭޝިޔަ ފާހަގަ ކޮށްފައެވެ.

މީގެއިތުރުން ކްރިސް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުމަކަށް ނާންނަނީސް މެކްޑޮނާޑްސްްގެ ސޭލްސްއަށް ކުރިއެރުމެއް ނާންނާނެކަމަށެވެ. އަދި މިފަދަ އިންސާނީ ކާރިސާތަކަކީ ބޮޑު ހިތާމައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.