2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އިޒްރާއީލު ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގެ ޝިކާރައަކަށް 14 ނޫސްވެރިއަކު ވެފައިވާ ކަމަށް ވާފާގެ ނޫސް އެޖެންސީން ބުނެފި އެވެ.

ފަލަސްތީނުގައި ނޫސްވެރިންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގި ޖުމްލަ 135 ޖަރީމާ މިދިޔަ މަހު ރެކޯޑްކުރވިފައިވެއެވެ. ހަމައެއާއެކު، މީހުން ދިރިއުޅޭ އިމާރާތްތަކަށް ސީދާ ބަޑިޖެހުމުގެ ސަބަބުން އަށް މީޑިއާގެ މަސައްކަތްތެރިން މަރުވެފައިވާއިރު، ޑިއުޓީގައި ތިއްބަވައިގެން އިތުރު ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށްގެން ހަމަލާތައް ދިނުން ކުރިއަށްދާ ކަމަށް ޣައްޒާގެ އިދާރާތަކުން ރިޕޯޓުކުރެއެވެ. ރިޕޯޓުގައިވާ ގޮތުން މީޑިއާގެ މަސައްކަތްތެރިންގެ ގެތަކަށް ގަސްތުގައި ދިން ހަމަލާތަކުގައި އާއިލާގެ ދިހަވަރަކަށް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ޣައްޒާގައި ހަމަނުޖެހުން ބޮޑުވި ފަހުން ޖުމްލަ 116 ނޫސްވެރިން މަރުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އިތުރު ބައެއް މީހުންގެ ނަސީބު އަދި ނޭނގެނީ އެމީހުންނާ ގުޅުން ގެއްލިގެން ދިޔަ ފަހުންނެވެ.