އިޒްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 27،500 އާ ގާތްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

'އޮކްޓޯބަރު 7، 2023 އިން ފެށިގެން މިއަދާ ހަމައަށް ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 27،585 މީހުން ޝަހީދުވެއްޖެއެވެ ،' ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ހަމަ މި މުއްދަތުގައި ފަލަސްތީނުގެ 66،978 މީހުންނަށް ޒަހަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މިނިސްޓްރީން ފާހަގަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި 107 މީހުން މަރުވެ 143 މީހުން ޒަޚަމްވެފައިވެއެވެ.