ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓާރ ހުސައިން ފަހުމީ އާއި އެކުންފުނީގެ އިސްވެރިން ވަ.ރަކީދޫއަށް ވަޑައިގެންފިއެވެ.
ރަކީދޫއަށް ކުރެއްވި ދަތުރުފުޅުގައި ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓާރ ހުސައިން ފަހުމީއާއި ސްޓެލްކޯގެ އިސްވެރިން ވަނީ އެރަށުގެ ޕަވަރހައުސްގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މިދަތުރުފުޅުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ އެރަށުގައި މަސައްކަތް ކުރަމުންދާ ސްޓެލްކޯގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެރަށުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކާމެދު ވަނީ މަޝްވަރާކޮށްފައެވެ.
ރަކީދޫއަށް ޒިޔާރަތްކުރެއްވި ސްޓެލްކޯގެ ޓީމު ވަނީ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކޮށް, ރަށުގައި އެކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކާމެދު ވެސް މަޝްވަރާކޮށްފައެވެ.