ދިވެހި ޅެންވެރިކަމުގެ ނަފްސާނީ ފަރުވާއާ ބެހޭ ފަންނީ މަސައްކަތްތަކާ ގުޅޭގޮތުން ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުުން އޮތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި އެ ވުޒާރާއިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ޅެމުން ނަފްސާނީ ފަރުވާދިނުމަކީ ދުނިޔޭގައި ކުރަމުން އަންނަ ކަމެއްކަމަށެވެ. އަދި މިއީ ރާއްޖެއަށް ވަރަށް އައު ކަމެއް ނަމަވެސް، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް ނަސީރު ވިދާޅުވިއެވެ

ނަސީރު ވިދާޅުވީ މިކަމާ ގުޅޭ ދިރާސާތައް ހެދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށާއި އެކަމަށްޓަކައި އެފަރާތާއެކު މަޝްވަރާ ކުރެވެމުން ދާކަމަށެވެ

މި ބައްދަލުވުމުގައިވަނީ ދިވެހި ޅެމުން ނަަފްސާނީ ފަރުވާދެވޭނެ ގޮތްތަކާ ބެހޭގޮތުން މި ހިދުމަތަށް ހާއްސަ ބޭފުޅުންގެ ހިޔާލު ހޯދައި އެކަމުގެ ފަންނީ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާއި،ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އަދި ދަމަަނަވެށިން މި ބައްދަލުވުމުގައިބައިވެރިވެފައެވެ.