ކޮވިޑް-19 އިގައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިޔަނަމަވެސް ދާދިފަހުން އިގްތިސާދީ އަނދަވަޅުން އަރައިގަނެވި، އިގްތިސާދީހާލަތު ހަމައަކަށްއެެޅި، ހަމައެހެންމެ ނިމިދިޔަ ސަރުކާރުގެ "ބިތުފަންގި" ނެގެމުންދާވަރަކަށް އިގްތިސާދީ ހީނަރުކަން ބޯމަތިވަމުން އައިނަަބެސް އެހުރިހާ ކަމަކާ ކުރިމަތިލައްވައި، ރާއްޖޭގެ އިގްތިސާދު އަދު މވަނީ އާ މިސްރާބަކަށް ވަނީ ސަމުގާބަހައްޓާފައެވެ. މިސަމުގާގެ މޭސްތިރިކަމުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތާއި ހިތްވަރަށް ސާބަސް ދިނުމާއެކު، މާލީ ދާއިރާ އަށް ގެންނަން މަސައްކަތް ކުރާ އިސްލާހުތަކާއި ފައިސާ ޗާޕު ކުރުން ހުއްޓާލުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ ހޫނުމަރުހަބާއެއް ކިޔާފަައެވެ.

ދިވެހިރާއްޖެ އަށް އައިއެމްއެފްގެ ހާއްސަ ވަފުދަކުން ވަނީ ޒިޔާރަތްކޮށްފައެވެ.

އިގްތިސާދީ ގޮތުން ފަހުގެ ކުރިއެރުންތަކާއި، ވިސްނުމާއި، ގައުމުގެ ސިޔާސަތުތަކަށް އިސްކަންދޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިސް ޕިޔާޕޯން ސޮޑްސްރިވިބޫން އިސްވެ ހުންނަވައިގެން އައިއެމްއެފްގެ ހާއްސަަ ޓީމެއް، މާލެ ޒިޔާރަތްކުރީ ޖެނުއަރީ 23އިން ފެބްރުއަރީ 6 އަށެވެ. އަދި ނުހަނު ގާތުން ރާއްޖޭގެ އިގްތިސާދަށާއި އެކިކަހަލަ ފައިސާގެ މުއާމަލާތް ހިމެނޭ ދާއިރާތަކަށް ވަނީ ބައްދަލުކޮށް ހޯދުންތައް ހޯދައި ދިރާސާތަކެއް ކޮށްފައެވެ. އަދި އައިއެމްއެފް އިން ނެރުނު އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް ހަތަރު ވަނަ އަދަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަށް މިވަނީ ހޫނުހޫނު މަރުހަބާއެއް ކިޔައިފައެވެ.

އައިއެމްއެފްއިން މިސް ސޮޑްސްރިވިބޫން ނެރުއްވި ބަޔާން

"ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވުމަށް ފަހު، ރާއްޖޭގެ އިގްތިސާދީހާލަތު ހަމައަކަށްއެޅުމާ ގުޅިގެން 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 13.9 އިންސައްތަ ވަނީ ކުރިއަރާފައިކަމަށް ހާމަކޮށްފައިވެއެވެ. ހަމައެހެންމެ 2023 ވަނަ އަހަރު 4.4 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ފަތުރުވެރިން ގެނައުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، 2024 ވަނަ އަހަރު ކުރިއެރުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 5.2 އިންސައްތަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމާއި ހޮޓެލް އެކޮމޮޑޭޝަން ކެޕޭސިޓީ އިތުރުވުމުގެ ސަބަބުން ކުރިއެރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބެލެވުނު ނަމަވެސް އިގްތިސާދަށް އޮތް ނުތަނަވަސްކަމެއްގެ ގޮތުގައި ރާއްޖޭގެ އިމްޕޯޓް މި އަހަރުވެސް އިތުރުވުމާއި ކަރަންޓް އެކައުންޓުގެ ދަރަނި މަތިވާނެކަން ފާހަގަކޮށް، އަވަސް ޕޮލިސީ އެޑްޖަސްޓްމަންޓަށް ގޮވާލާފައެވެ.

"ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް، މުޅި ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި އުފުލިގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ އިރު، ބޭރުގެ އަދި ޖުމްލަ ދަރަނީގެ ނުރައްކާ ރާއްޖެއަށް އަދިވެސް ބޮޑެވެ. ތެލުގެ އަގުއުފުލި، އިމްޕޯޓް ޑިމާންޑް ތައް ވަރުގަދަވެފައި ވަނިކޮށް، 2024 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކޮށްފައި ވީ ނަމަވެސް، މެދުރާސްތާގައި މަޑުމަޑުން ދަށްވަމުން ދާނެ ކަމަށް ބެލެވެ އެވެ. ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ގައުމަކަށް ވާއިރު، ފެންބޮޑުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިދާނެ އެވެ.

"ޕޮލިސީ ސްޕޭސް ލިމިޓެޑްވެ، ބެލެންސް އޮފް ޕޭމަންޓްސް ޕްރެޝަރު ތައް އިތުރުވަމުންދާއިރު، ހޯލިސްޓިކް އެކްސްޕެންޑިޗާ ރެޝަނަލައިޒޭޝަން އަދި ޑޮމެސްޓިކް ރެވެނިއު މޮބިލައިޒޭޝަން ހިމެނޭ ގޮތަށް ފިސްކަލް ކޮންސޮލިޑޭޝަންގެ ހަރުދަނާ އަދި އިތުބާރު ހިފޭ ބާވަތެއް ހަލުވިކަމާއެކު ތަންފީޒު ކުރަން ޖެހެ އެވެ.

މާލީ ބުރަތައް ކުޑަކުރުމުގެ ގޮތުން ދުރާލާ ފިޔަވަޅުއަޅަން އަންގާފައިވޭ:

އަދި އިތުރު މާލީ ބުރަތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހު ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ. ފިސްކަލް ޕޮލިސީގެ ސައްހަކަމާއި ހަރުދަނާކަން އިތުރުކުރުމަށް ޓަކައި ފިސްކަލް އިންސްޓިޓިއުޝަންތަކާއި ޕަބްލިކް ފައިނޭންޝަލް އެންޑް ޑެޓް މެނޭޖްމަންޓް ފްރޭމްވޯކްތައް ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، މިހާރު ދެމުން އަންނަ ސަބްސިޑީތައް ފިޔަވަހިތަކަކަށް ބަދަލުކޮށް، އޭގެ ބަދަލުގައި ޓާގެޓެޑް ޑައިރެކްޓް އިންކަމް ޓްރާންސްފަރ، އާސަންދަ- ހެލްތްކެއަރ ރިފޯމް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ރީޕްރައިރައިޒޭޝަން އެންޑް ރެޝަނަލައިޒޭޝަން އަދި އެސްއޯއީ އިޞްލާޙުތައް ގެނައުމާއި، މިކަން ވަގުތުން ތަންފީޒުކުރުމަށް އަޒުމް ކަނޑައެޅުން ހިމެނެއެވެ.

"މަނިޓަރީ ޕޮލިސީ، އެހެނިހެން ޕޮލިސީ ލީވާތަކާ ގުޅިގެން، މެކްރޮއިކޮނޮމިކް ވަލްނަރަބިލިޓީސް އަށް ހައްލު ހޯދުމުގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެޑްވާންސްތައް ބޭނުންކުރުން ހުއްޓާލުމަކީ މަރުހަބާ ކިޔާ ފުރަތަމަ ފިޔަވަޅެވެ. ފިސްކަލް-މަނިޓަރީ ޕޮލިސީ ކޯޑިނޭޝަން ހިމަނައިގެން އެކްސްޗޭންޖް ރޭޓް ޕެގްއާ އެއްގޮތްވާ ގޮތަށް މަނިޓަރީ އަދި މެކްރޯޕްރޫޑެންޝަލް ސިޔާސަތުތައް ހަރުކަށި ކުރަން ޖެހެ އެވެ. ފައިނޭންޝަލް ސެކްޓާ އޯވަސައިޓް ކުރުމާއި ކްރައިސިސް މެނޭޖްމަންޓް އިތުރުކުރުމާއެކު ފައިނޭންޝަލް ސޭފްޓީ ނެޓް ހަރުދަނާ ކުރަން ޖެހެ އެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުގައި ރާއްޖެއިން ކުރިމަތިވެފައިވާ ނުރައްކާތަކަށް ރިއާޔަތްކޮށް، ކްލައިމެޓް އެޑަޕްޓޭޝަން އަދި މިޓިގޭޝަން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ މުއައްސަސާތައް ހަރުދަނާކުރުމަކީ ކްލައިމެޓް ފައިނޭންސިންގެ އިތުރު ވަސީލަތްތައް ހޯދުމަށާއި، މޫސުމީ ވައުދުތައް ފުއްދުމަށް މަގުފަހިވެގެންދާނެ ކަމެއް. ކުރިއަށް ބަލައިފި ނަމަ، ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމާއި، ހިންގުން ހަރުދަނާކުރުމާއި، ހުނަރުގެ ކުރިއެރުންތައް އިތުރުކުރުމަކީ ވެސް ހަރުދަނާ، އެންމެން ބައިވެރިވާ އަދި ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އައިއެމްއެފްގެ ޝުކުރު

"ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށާއި އެހެނިހެން ފަރާތްތަކުގެ މެހެމާންދާރީ އާއި ހުރަހެއް ފޮރުވުމެއްނެތް ސައްހަ މަޝްވަރާތަކަށްޓަކައި، އައިއެމްއެފްގެ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެ ޓީމުން ވަނީ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ސަރުކާރާއި އެމްއެމްއޭގެ އިސްވެރިންނާ އެކު ބައްދަލުވުންތަކެއް ބާއްވާފަ އެވެ. އަދި ޕްރައިވެޓް ސެކްޓާގެ މަންދޫބުންނާއި ބައިލެޓަރަލް ޑޯނަރުންނާއި ޑިވެލޮޕްމަންޓް ޕާޓްނަރުންނާ ވެސް އެ ޓީމުން ވަނީ ބައްދަލުކޮށްފައިވެއެވެ".