ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން އިއްޔެ ބުނީ، މި މަޝްރޫއުގެ ދަށުން 2400 ސީބީއެމް މެއިންޓެނަންސް ޑްރެޖިން އޮޕަރޭޝަންތަކާއި 15،039 އަކަމީޓަރުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުالله ޒިޔާދު އެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ.

މިއީ 3.49 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.