އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގދ. ތިނަދޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ ގުޅިގެން ގދ.ތިނަދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ.

މިމަހު 23ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެ ރަށުގެ 40 ކަނބަލުން ބައިވެރިވެފައިވެއެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު، ދެ ސެޝަނެއްގެ ގޮތަށް ތިނަދޫ ގޮނޑުދޮށް ސަރަހައްދުގައި ކުރިއަށް ގެންދާ މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

އެމްއެންޑީއެފުން ރަށްރަށުގެ ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.