ޑރ. އައިޝަތު ޝިހާމާ ފޭސްބުކް ލައިވުގައި ސުވާލުކުރުމުގެ ފުރުޞަތު އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާ އިން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއް މެދުވެރި ކުރައްވައެވެ.

އެކްސްޕޯސްޓުގައި ހާމަކޮށްފައިވާ ގޮތުގައި އެ ލައިވް ކުރިއަށް ދާނީ މިރޭ 8:30 އިން 22:00 އަށެެވެ.

މިނިސްޓްރީގެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ ފޭސްބުކް ލައިވް ކުރިއަށްދާ ވަގުތު ކޮމެންޓު މެދުވެރިކޮށް ވަޒީރު ޑރ.އައިޝަތުޝިހާމްއާ ސުވާލު ކުރެވޭނެ ކަމަށާއި އާންމުންގެ ސުވާލުތަކަށް ޑރ. އައިޝަތު ޝިހާމް ޖަވާބު ދެއްވަމުން ގެންދަވާނޭ ކަމަށެވެ.

މިއީ މިފަދަގޮތަކަށް ވުޒާރާއަކުން އިސްނަންގަވައިގެން ފޭސްބުކް ލައިވްއެއްގައި ވަޒީރަކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ފުރަތަމަ ފަހަރެވެ.