ހެލިކްޕްޓަރ އެކްސިޑެންޓެއްގައި ޗިލީގެ ކުރީގެ ރައީސް ސެބަސްޓިއަން ޕިނެރާ ނިޔާވެއްޖެއެވެ.

ޕިނެރާ ނިޔާވެފައިވަނީ އިއްޔެ އޭނާ ދަތުރުކުރަމުން ދިޔަ ހެލިކަޕްޓަރު ޗިލީގެ ދެކުނުގައި އޮންނަ ލޮސް ރިއެސް ސަރަހައްދަށް ވެއްޓުމުންނެވެ. މި ހެލިކްޓަރުގައި ޕިނެރާއާއި އެކު އިތުރު ތިން މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު އެމީހުންގެ ހާލަތު ރަނގަޅުކަމަށް ޗިލީގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހެލިކަޕްޓަރު އެކްސިޑެންޓްވި ސަރަހއްދުގައި އެވަގުތު ވަރަަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހެލިކްޕަޓަރު ވެއްޓުނީ ވާރޭގެ ސަބަބުން ކަމެއް އަދި ޔަގީން ވެފައެއް ނުވެއެއެވެ.

ސެބްސްޓިއަން ޕިނެރާ ވަނީ 2010 އަކުން 2014 ވަނަ އަހަރަށް ޗިލީގެ ރައީސް ކަން ކުރައްވާފައެވެ. އަދި 2018 ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ޗިލީގެ ރައީސްގެ ގޮތުގައި ހުންނެވީ ވެސް އޭނާއެވެ. އޭނާގެ ޖަނާޒާ އޮންނާނީ މިހުކުރު ދުވަހު ހެދުނު ޗިލީގައެވެ.