އިޒްރޭލުންގެ ސިފައިން ޣައްޒާގެ ރަފާހް ސިޓީއަށް ދިން ހަމަލާއެއްގައި 15 މީހުން ޝަހީދުވެއްޖެއެވެ.
އަލްޖަޒީރާ ޓީވީޗެނަލުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުންވަނީ ރެގެ ވަގުތެއްގައި ރަފާހަށް ބޮން އަޅާފައެވެ. މި ހަލަމާގައި ގިނަ އިމާރާތްތަކަކަށް ގެއްލުން ލިބިފައިވާއިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. ނަމަވެސް ޒަހަމެވަފައިވާ މީހުންގެ ސީދާ އަދަދު ޔަގީން ނުވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
'އޮކްޓޯބަރު 7، 2023 އިން ފެށިގެން މިއަދާ ހަމައަށް ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 27،000 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ހަމަ މި މުއްދަތުގައި ފަލަސްތީނުގެ 67،000 އަށުވުރެގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެއެވެ.