މީހުން މީހުންނަަށް ވާނީ މީހުންމީހުންނަށް ހެދުމުން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މީހުން މީހުންނަށް ހައްދަވާ ރައީސެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ އެމްއެންޑީއެފުން ސްޓެލްކޯގެ މުވައްޒަފުންނަށް މިއަދު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމާއި ގުޅިގެން މީސް މީޑިއާގައި ޙިއްސާ ކުރެއްވެވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި މީހުން މީހުނަށްވަނީ މީހުން މީހުނަށް ހެދުމުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، އޭނާ އެންމެ އިސްކަމެއްދެއްވާ އެއްކަމަކީ ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަަރު ރަނގަޅުކުރުމުގެ އިތުރުން މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރުކުރުން ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.